-Advertisement-

-Advertisement-

ދެކުނަށް މޫސުން ގޯސް، ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފިހުން ވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތިވެ، މޫސުމަށް ސަމާލުވުމަށްވެސް އެދިފައެވެ.

މީގެ އުތުރުން މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 16:00 އަށެވެ.

އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މޫސުން ލަފާކޮށް މައުލޫމާތު ދެއްވާފައިވެއެވެ. އަދި އާދައިވަރަކަށް ކަނޑު މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-