-Advertisement-

-Advertisement-

ކޭޕާކު މަންޑޭގެ މައްޗަށް 200 އަށްވުރެ ގިނަ ދަޢުވާ އުފުލަނީ

ކޭޕާކު ރެސިޑެންސް އިން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން މިލިއަނުން ފައިސާނަގައި، އޭގެ ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި މިދިޔަ ޖުލައިމަހު ހައްޔަރުކުރެވުނު ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށް 200 އަށްވުރެ ގިނަ ދަޢުވާ ކުރުމަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް މިހެން ވިދާޅުވީ މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަމުންނެވެ. މަންޑޭ މިހާރުވަނީ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ދޫކޮށްލެވިފައެވެ.

ޕީޖީ ޝަމީމް އިރުތަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވީ ހަސަން މަމްދޫހުގެ މައްޗަށް ކުރެވެނީ ހަތަރު ބާވަތެއްގެ ދަޢުވާ ކަމަށެވެ. އެއީ މަނީލޯންޑަރިން، ޓެކުން، އޮޅުވާލުން އަދި ސައްޚަނޫން ލިޔުން އުފެއްދުން ކަމަށެވެ. އަދި ދަޢުވާތަކުގެ އަދަދު އެހާ ގިނަވެފައިވަނީ މަންޑޭ ހިންގާފައިވާ ސްކީމްގެ ޝިކާރައަކަށްވީ އެންމެންގެ މައްސަލަތަކުގައި ވަކިވަކީން ދަޢުވާކުރަން ނިންމުމުންނެވެ.

ކޭޕާކު ރެސިޑެންސަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާއި ހަސަން މަމްދޫހު ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ކޭޕާކް އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ މައްސަލަ ތަހްޤީގުކޮށް ދިނުމަށް އެދި ފުލުހަށް ހުށަހެޅީ އާބަންކޯއިންނެވެ.

ކޭޕާކް އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކައިގެން ލިބުނު ފައިސާތަކުން ހޯދައިފައިވާކަމަށް ޝައްކުކުރެވޭ މުދާތަކެއް ހިފެހެއްޓިފައިވާކަމާއި އޭގެ ތަފްސީލްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ދެއްވިއެވެ. އެގޮތުން 2 އެޕާޓްމަންޓެއް 4 މީހަކަށް ވިއްކައިގެން ލިބުނު ފައިސާއިން ގަނެފައިވާ ކަމަށް ޝައްކުކުރެވޭ ޕެންތްހައުސް އަކާއި އެތަނުން ފެނިފައިވާ އަގުބޮޑު މުދާތަކުގެ އަގު 14 މިލިއަނަށް އަރާކަމަށް ޝަމީމް ވިދާޅުވިއެވެ. މަންޑޭގެ ޕެންތް ހައުސްއިން 200 އަށްވުރެ ގިނަ އަގުބޮޑު ސެންޓުފުޅިއާއި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑް ތަކުގެ އަތްދަބަހާއި ގަހަނާ ވަނީ ތަހުޤީޤަށް ހިފެހެއްޓިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-