-Advertisement-

-Advertisement-

އެމް.އާރު.އައި ހަދާ އައު މެޝިނެއް ޓްރީޓޮޕަށް

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް ފަށައިފި އެވެ.

މި މެޝިނަކީ އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު، އަޑު މަޑު އަދި ސްކޭން ހަދާ ވަގުތު، ހާސްކަން ކުޑަކޮށްދިނުމުގެ ގޮތުން ހިތްފަސޭހަ އޯޑިއޯ ޖަހައި ވީޑިއޯ ޕްރޮޖެކްޓުކުރެވޭ މެޝިނެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނި ގޮތުގައި އާ އެމްއާރުއައި މެޝިނުގެ ސަބަބުން، ކާޑިއެކް އިމޭޖިން އެންޑް ނިއުރޮލޮޖީ އިމޭޖިންގެ އެހީގައި ބަލިތައްދެނެގަނެވޭނެ ކަމަށެވެ.

އަދި މި މެޝިނުން އެމްއާރުއައި ކާޑިއެކް، އެމްއާރްއައި ޓްރެކްޓޯގްރަފީ، އެމްއާރްއައި ފަންކްޝަނަލް، އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް، އެމްއާރްއައި ލިވައަޔަން ކޮންޓިފިކޭޝަން، އެމްއާރްއައި ފީޓަލް، އެމްއާރްއައި ޑީފެކޯގްރާމް، އެމްއާރްއައި އޯޓޯގްރާމް، އެމްއާރްއައި ކާޓިލޭޖް މެޕިން އަދި އެމްއާރްއައި ހޯލްބޮޑީ ހެދޭނެއެވެ.

ޓްރީ ޓޮިޕުން އެމްއާރުއައިގެ ހިދުމަތް އެ ހޮސްޕިޓަލުގެ ރޭޑިއޮލިޖީ ޑިޕާޓްމަންޓުން ހެދނުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މި މެޝިނުގެ ސަބަބުން، އެމްއަރުއައި ހެދުމަށް ކިއުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-