-Advertisement-

-Advertisement-

‎ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު ހެނދުނު 10:00 ފެށިގެން ހަވީރު 16:00 ޖަހަންދެން ވޯޓް ލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މާލޭގައި ވޯޓުލުން ކުރިއަށްދާނީ ބިލަބޮންގ ހައި ސްކޫލްގައެވެ. ޑިމޮކްރެޓްސްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.

އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އާއި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވިހަސަން ލަތީފެވެ.

އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުން މިއަދު އޮތްއިރު، އެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ރަށްތަކަށްގޮސް ކެމްޕެއިން ކުރައްވާފައެވެ.

އީސީގެ ދަފްތަރުން ދައްކާ ގޮތުގައި އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގައި 3،280 މެންބަރުން އެބަ ތިއްބެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-