-Advertisement-

-Advertisement-

5 މިލިއަން ގަސް ރާއްޖޭގައި އިންދާނަން: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ނިއުސްލެބް

މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދު ވެވަޑައިގެންފިއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވަޢުދު ވެވަޑައިގެންނެވީ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ދިވެހިރާއްޖޭގެ ބަޔާން އިއްވަވަމުންނެވެ.

ސަމިޓުގެ އެންމެ މަތީ ފަންތީގެ ސެގްމެންޓުގައި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެއްކަމަކީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ މުރަކައެއް ކޮންމެ ވެލިފުކެއް އަދި ކޮންމެ މަހަކާއި ރުކަކީވެސް އަގުހުރި އެއްޗެއްކަމަށް ވިދާޅުވިއެވެ. އަދި މިތަކެއްޗަށް ލިބޭ ކިތަންމެ ކުޑަ ގެއްލުމަކީވެސް މުޅި ޤައުމުގެ އިޤްތިސާދަށް ލިބޭ ގެއްލުމެއްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެން ޤައުމުތަކަށް ނިސްބަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގައި ދިރިއުޅެމުންދާ ފަރުދެއްގެ ހައިސިއްޔަތުން ދުނިޔޭގެ ވެއްޓަށްޓަކައި އުފުލަންޖެހޭ ޒިންމާތަކެއް ވާކަން ހަނދާން ކުރުމަށެވެ. އަދި މީގެއިތުރުން އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް ޢަމަލުން އެކަން ދައްކައި ޔަޤީންކޮށްދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-