-Advertisement-

-Advertisement-

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ކުރިއަށްދަނީ

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޑިމޮކްރެޓްސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

“މިހާރު %50 އަށް ވުރެ ގިނަ މެންބަރުން ވަނީ ވޯޓް ލާފައި. އަމާޒަކީ ޕާޓީގެ %95 މީހުން މިއަދު ވޯޓްލުން.” ދަ ޑިމޮކްރެޓްސްގެ ގައްދޫ ދާއިރާއަށް މިހާރުވެސް އިންތިޚާބުވެފައިވާ ރައީސް ޝަހުދު އަބްދުލް ވައްޙާބް އިންތިޚާބާއި ބެހޭ މަޢުލޫމާތު ނިއުސްލެބާއި ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

މިއަދު ހެނދުނު 10:00 އިންފެށިގެން ހަވީރު 04:00 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށް ދާނެކަމަށާއި ވޯޓްލުމުގެ ކަންކަން ރައްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދާ ކަމަށާއި ވޯޓްލުމުގެ ކަންކަން ދަނީ ވަރަށް އަމާން އޮމާންކޮށް ކަމަށްވެސް ޝަހުދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި، ޕާޓީގެ ރައީސް، ޕާޓީގެ ނާއިބު ރައީސް، ޕާޓީގެ އަންހެން ނާއިބުރައީސް، ޕާޓީގެ ޒުވާނުންގެ ރައީސް (ޔަންގް ޑިމޮކްރެޓްސް ލީޑަރ) އަދި ކޮންމެ ދާއިރާއެއްގެ ރައީސް ހޮވާނެއެވެ. ޑިމޮކްރެޓްގެ ރައީސް ކަމަށް ވާދަކުރައްވަނީ ހަސަން ލަތީފް އަދި ހުސައިން ޢަމްރު މުޙައްމަދު ރަޝާދު އެވެ. 3،280 އަށް ވުރެ ގިނަ މެންބަރުން ވޯޓްލެވޭ މި އިންތިޚާބުގައި އެކި މަޤާމްތަކަށް 70 ކެނޑިޑޭޓުން ވާދަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-