-Advertisement-

-Advertisement-

‎ރައީސް ސޯލިހް، އެމްޑީޕީގެ ބައެއް ކޮމިޓީތަކާއި ބައްދަލުކުރައްވައިފި

އެމް.ޑީ.ޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ތަކުގެ ފޮޓޯ އެކްސް ގައި އެމް.ޑީ.ޕީގެ ފަރާތުން ޕޯސްޓް ކޮށްފައިވާއިރު ޕޯސްޓްގައި ލިޔެފައިވަނީ އެމްޑީޕީގެ ރައީސް އެ ޕާޓީގެ ކެމްޕެއިން ކޮމިޓީއާއި،މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުންތަކުގެ ތަފްސީލެއް އެޕާޓީން ހިއްސާކޮށްފައެއްނުވެއެވެ.

އެމް.ޑީ.ޕީގެ ވަގުތީ ރައީސްއަކަށް  ރައީސް ސޯލިހު އައްޔަން ކުރެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެމްޑީޕީން އެ ނިންމުން ނިންމާފައިވަނީ އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-