-Advertisement-

-Advertisement-

އާޒިމް އަށް އެމްޑީޕީގެ ޓިކެޓް ޔަޤީން ވެއްޖެ

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަޤާމްތަކަށް މީހުން އިންތިޚާބުކުރުމަށް ބާއްވާ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން މޭޔަރަކަށް ވާދަކުރައްވާނީ އާދަމް އާޒިމްކަން ޔަޤީންވެއްޖެއެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ އާޒިމް އަށް ޓިކެޓް ކަށަވަރުވީ، އެމްޑީޕީއިން ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތުގައި މޭޔަރު ކަމަށް ކުރިމަތިލައްވަން ފޯމް ހުށަހެޅުއްވީ އެމަނިކުފާނު އެކަނި ކަމަށް ވާތީއެވެ.

އިއްޔެ ހަވީރު 4 ޖަހަންދެން ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުން ހުޅުވިފައި އޮތްއިރު، އިޢުލާން ކުރެވުނު ހުރިހާ މަޤާމަކަށްވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުންނެވެ. އެމްޑީޕީ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައިވަނީ މާލެ މޭޔަރުގެ މަޤާމުގެ އިތުރުން މާލެސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުގެ މަޤާމަށެވެ.

މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވީ ހ.ވޭމައުތް އަހުމަދު ރިޝްވާން ރަޝީދުއެވެ. ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލެއްވީ ހ.ތަރަބޫޒުގޭ ހައްވާ ނިޙްލާ އެވެ. އަދި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވީ މ.ފަޅުމަތީގެ އަހުމަދު އިމްރާން އެވެ.

އެމްޑީޕީއިން ވަނީ ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކުރުމަށް ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-