-Advertisement-

-Advertisement-

ކިޔެވުމާއި އެއްވަރަށް ކުޅިވަރަށްވެސް އަހައްމިއްޔަތުކަން ދޭންވާނެ: ފަސްޓްލޭޑީ

ކިޔެވުމަށް ދޭ ސަމާލުކަމާ އެއްވަރަށް ކުޅިވަރަށްވެސް އަހައްމިއްޔަތުކަން ދޭންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި “ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023″ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ އެރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓްލޭޑިގެ ވާހަކަފުޅުގައި ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށާއި ކުޅިވަރަކީ ހަމައެކަނި ވަނަހޯދުމަށް އެކަނި ކުރާކަމެއްކަމުގައި ނުހެދުމަށާއި ކަސްރަތެއްގެ ގޮތުގައި ބެލުމަށްވެސް ވިދާޅުވިއެވެ.

” ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023″ އަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ފިއޮންޓި ސްޕޯރޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން 3 ދުވަހުގެ މުއްދަތަށް ބޭއްވުނު ފެސްޓިވަލެކެވެ. މިފެސްޓިވަލުގައި މާލޭސިޓީގެ އެކި މަދަރުސާތަކުން 1000 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-