-Advertisement-

-Advertisement-

މިނިސްޓްރީ އޮފް އެގްރިކަލްޗަރ ހިންގެވުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި ހަވާލުކޮށްފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް އެފެއާޒް ވަގުތީ ގޮތުން ހިންގެވުން ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން އެގްރިކަލްޗަރ އެންޑް އެނިމަލް އެފެއާޒް މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ 23 ނޮވެމްބަރ 2023 ގައި ޗުއްޓީގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީވެ، އެކަމަނާ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަންދެން އެ މިނިސްޓްރީ ހިންގުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އާއި ވަނީ ހަވާލުކުރެވިފައެވެ.

މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ ވަނީ 29 ނޮވެމްބަރ 2023 ގައި ކެންސަރަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ވަޑައިގަންނަވާ ޚަބަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކުން ހާމަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-