-Advertisement-

-Advertisement-

ވަގުތީ ނަތީޖާ އިޢުލާން ކުރުން ލަސްވެގެން ޑިމޮކްރެޓުން ހިތްހަމަ ނުޖެހިފައި

ހަސަން ލަތީފް ފޮޓޯ: ޕީއެސްއެމް

މިއަދު ކުރިއަށް ދިޔަ “ދަ ޑިމޮކްރެޓްސް” ގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރުން ލަސްވެގެން އެޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ. ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބަކީ އެޕާޓީގެ ރައީސް، ނާއިބު ރައީސް އަދި އެހެންވެސް އިސް މަޤާމުތައް ހިމެނޭހެން 35 މަޤާމަކަށް މީހުން އިންތިޚާބުކުރުމަށް ބޭއްވުނު އެޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިޚާބެވެ.

ޑިމޮކްރެޓްސްގެ ރަސްމީ ޓްވިޓާރ ހެންޑްލްއިން، މާދަމާގެ ވަގުތެއްގައި ނަތީޖާ އިޢުލާން ކުރާނެކަމަށް ވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް ޑިމޮކްރެޓްސްގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހަސަން ލަތީފް ވަނީ ކާމިޔާބު ލިބުނުކަން ދޭހަވާ ގޮތަށް މިރޭ ޓްވީޓް ކޮށްފައެވެ.

ނަމަވެސް ހަސަން ލަތީފާއި ވާދަކުރެއްވި ހުސައިން ޢަމްރު މުޙައްމަދު ރަޝާދު ވަނީ ވަގުތީ ނަތީޖާ އިޢުލާން ކުރަންދެން ކާމިޔާބު އިޢުލާން ކުރުން މަޑުޖައްސާލާފައިވާކަމަށް މިރޭ ޓްވީޓްކުރައްވާފައެވެ.

ޑިމޮކްރެޓްސްގެ ޢާއްމު މެންބަރަކު ނިއުސްލެބަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވޯޓްލީ މީހުންގެ ހާޒިރުގައި ވަގުތީ ނަތީޖާ އިޢުލާން ކުރަންޖެހޭނެ ކަމަށެވެ. އަދި ނަތީޖާ އިޢުލާންކުރުން ފަސް ކުރުމަކީ ޑިމޮކްރެޓުން ޤަބޫލުކުރާ ހަމަތަކުން ބޭރުވުން ކަމަށެވެ. މިއަދުގެ ވޯޓްގައި ހިތްހަމަނުޖެހޭ އެތައް ކަމެއް ހިނގާދިޔަ ކަމާށާއި އެގޮތުން ވޯޓްލީ މީހުންގެ ލިސްޓްވެސް ބައެއް ރަށްރަށުގައި ހާމަ ނުކުރާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ނަތީޖާއަށް ނުފޫޒުފޯރުވުމުގެ ކަންކަން އިންތިޙާބުގެ ވޯޓްލުން ކުރިއަށް ދިޔައިރު ހިނގާފައިވާކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-