-Advertisement-

-Advertisement-

މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ޓީމްތަކެއް އައްޑޫއަށް

އައްޑޫސިޓީގައި ރޭ ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމްތަކެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭގައި ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ އެ ޒުވާނާގެ ގިނަ ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

މިދިޔަމަހު 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހިނގާދިޔަ މާރާމާރީއާއި ރޭ އައްޑޫގައި ހިނގާދިޔަ މާރާމާރިއާއި ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބަލެހެއްޓުމުގެ ގޮތުން ޙާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމްތަކެއް އައްޑޫސިޓިއަށް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މާރާމާތިއާއި ގުޅުންހުރި ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-