-Advertisement-

-Advertisement-

އީވާ މަގާމުން ދުރުކުރުމުގެ ވޯޓުގެ ކުރިން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ މިއަދު ވަކިކުރަން ވޯޓަށް ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވައިފި އެވެ.

އީވާ މަގާމުން ދުރުކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށް ފަހު، ޖަވާބުދާރީވެވަޑައިގަތުމުގެ ދެއްވާފައިވެއެވެ. އަދި ދިފާއުގައި އެކަމަނާ ދެއްކެވި ވާހަކަފުޅު 30 މިނެޓަށް ދިގުދެމިގެން ގޮސްފައިވާއިރު އެކަމަނާ ވަނީ އެކަމާނާގެ ސިޔާސީ ހަޔާތުގައި މިއަދާއި ހަމައަށް ކުރެއްވި ކަންކަމާއި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހާސިލްކުރެއްވި ކަންކަން ވިދާޅުވެ ދެއްވައިފަ އެވެ.

މިވާހަކަފުޅު ނިންމާލައްވަމުން އިވާ ވަނީ އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައިއެވެ. އަދި އެވަގުތު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އީވާގެ އިސްތިއުފާގެ ސިޓީ ރިޔާސަތާއި ހަވާލު ކޮއްފައިވެއެވެ.

މަޖިލީހުގެ އަމީންއާންމު އިސްތިއުފާގެ ސިޓީ އިއްވުމުން، އީވާ އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.

އެމްޑީޕީ ބައެއް މެންބަރުން ވަނީ އެ ގޮތަށް އިސްތިއުފާ ނުދެއްވޭނެ ކަމަށާއި ގަރާރު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައި، އިހުތިޖާޖު ކުރައްވައިފަ އެވެ.

ނަމަވެސް، އަސްލަމް ވިދާޅުވީ އިސްތިއުފާ ދެއްވާ ހާލަތުގައި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މަޖިލީހުން މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތަކީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވާން ލިބޭ ފުރުސަތު ވަކިވަކިން ދޭ ގޮތަށެވެ.

އީވާ އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވުމާ އެކު، އާ ނައިބު ރައީސަކު އައްޔަންކުރަން މިރޭ އަށެއް ޖަހާއިރު ޖަލްސާއެއް ބާއްވާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-