-Advertisement-

-Advertisement-

ހުކުރު ނަމާދުގެ ޚުތުބާ ލައިވްކުރާއިރު އިނގިރޭސި ބަހުން ސަބްޓައިޓަލް އަރާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ, ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އިސްލާމިކް މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ނިންމާފައިވާ އިތުރު މުހިއްމު ކަންތައްތަކުގެ ތެރޭގައި ކޮންމެ ހުކުރު ޚުތުބާއެއްގެ ތަރުޖަމާއެއް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުންވެސް ހިމެނެއެވެ. ޚުތުބާގެ ތަރުޖަމާ ލިބެން ހުންނާނީ ކޮން ބަހަކުންކަމެއް ނިންމާފައި ނުވެއެވެ. ނަމަވެސް ޚުތުބާ ކިޔާނީ ކުރިއެކޭވެސް އެއްގޮތަށް ދިވެހިބަހުންނެވެ.

އިސްލާމިކް މިނިސްޓަރ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ޚިތުބާ ކިޔަމުންދާއިރު ލައިވްކޮށް އިޝާރާތުގެ ބަހުރުވައިންވެސް ޚުތުބާ ގެނެސްދެވޭތޯ ބަލާނެކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އިސްލާމްދީނުގެ އިޖްތިމާޢީ މިންގަނޑުތަކާއި އިޖްތިމާޢީ މަކާރިމުލް އަޚްލާޤަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަކެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިޕްރޮގްރާމްތައް ހިންގުމުގައި ބިދޭސީންގެ ޤައުމުތަކުގެ އިދާރާތަކުގެ އެއްބާރުލުން ހޯދުމަށްވެސް ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-