-Advertisement-

-Advertisement-

ފެނަކައިގެ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި މަސައްކަތް ކުރަމުންދާ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރުމަށް ނިންމައިފިއެވެ.

ނަން ހާމަނުކުރުމަށް އެދި ފެނަކައިގައި މަސައްކަތްކުރަމުންދާ ސީނިއަރ މުވައްޒަފަކު ނިއުސްލެބަށް މަޢުލޫމާތު ދިންގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފެނަކަ ބްރާންޗްތަކުގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓް ސްޓާފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިގެ އާ އިންޖީނުގެ އަދި އާ އޮފީސް ޢިމާރާތްތައް އެޅުމުގެ މަސައްކަތ ވަނީ ފަށާފައެވެ. މިމަސައްކަތްތަކަށް ނަގާފައިވާ ގިނަ މުވައްޒަފުންނަކީ ވަގުތީ-ކޮންޓްރެކްޓް މުވައްޒަފުންނެވެ. ފެނަކައިން ނިންމި ނިންމުމާގުޅިގެން ތިންހާހަށްވުރެ ގިނަ މުވައްޒަފުންނެއްގެ ވަޒީފާގެއްލޭނެއެވެ.

ފެނަކައިގް އެޗް.އާރަށް މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-