-Advertisement-

-Advertisement-

މަޖިލީހުގެ ނައިބު ރައީސް ކަމަށް ތިން މެމްބަރެއްގެޝައުގުވެރިކަން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ތިން މެމްބަރުން ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމު މީގެ ކުރިން ހުންނެވި، އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު އެޖެންޑާކޮށް، ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވުމުން އެމަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިތުރުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

މަޖިލީހުގެ ނައިބު ރައީސް އައްޔަން ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-