-Advertisement-

-Advertisement-

ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފު، ނާއިބުރައީސް ކަމަށް އަލައިކާ އަދި ފިރުޝާން

ހަސަން ލަތީފް ފޮޓޯ: ޕީއެސްއެމް

ދަ ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިޚާބުން ޕާޓީގެ ރައީސްކަމަށް ހަސަންލަތީފް އަދި ޕާޓީގެ ނާއިބުރައީސް (އަންހެން) ކަމަށް އާއިޝަތު އަލައިކާ އަދުނާން ހޮވިއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ ފުރަތަމައަށް ބޭއްވުނު އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ނަމަވެސް ވޯޓްގެ ވަގުތީ ނަތީޖާ އިޢުލާން ކުރީ 24 ގަޑިއިރު ފަހުން މިރޭއެވެ.

މިރޭ ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޯޓްގެ ނަތީޖާ އިޢުލާންކޮށްދެއްވީ އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އަލީ އާޒިމް މިރޭ އިޢުލާން ކުރެއްވީ ވޯޓްގެ ނަތީޖާގެ ތެރެއިން ޕާޓީގެ ރައީސް، ޕާޓީގެ ނާއިބުރައީސް (އަންހެން)، ޕާޓީގެ ނާއިބު ރައީސް (ޔޫތް) އަދި އަންހެން ލީޑަރ އަދި ޒުވާނުންގެ ލީޑަރ އެވެ.

މިގޮތުން ޕާޓީގެ ނާއިބުރައީސް (ޔޫތް) އަށް ހޮވުނީ ހަސަން ފިރުޝާން އެވެ. އަދި ޕާޓީގެ އަންހެން ލީޑަރ އަކަށް ހޮވުނީ ފާތުމަތު ހަމްދާއެވެ. ޑިމޮކްރެޓްސްގެ ޒުވާނުންގެ ލީޑަރަކަށް ހޮވުނީ މުޙައްމަދު މާސިހު އެވެ.

ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާންކުރުން ލަސްވެގެން ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރޭގައި ވަނީ ހިތްހަމަނުޖެހުން ވަރަށް ބޮޑުވެފައެވެ. ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ކެނޑިޑޭޓް ހުސައިން ޢަމްރު މުޙައްމަދު ރަޝާދު ވަނީ ނަތީޖާ ޤަބޫލުނުކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ސޯޝަލްމީޑިއާގައި ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-