-Advertisement-

-Advertisement-

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ސިރާޖު

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ މެމްބަރެއް ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ ސިރާޖު އެ ޕާޓީ ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތްފައިވަނީ ރިޔާސީ އިންތިހާބު ބޭއްވި މަހުގައިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި ޕީއެންސީގެ އާ ފީޖީ ލީޑަރަކީ ސިރާޖު ކަން އެ ޕާޓީން ވަނީ މަޖިލިހުގެ އިދާރާ އަށް ވަނީ އަންގައިފައިއެވެ.

މަޖިލީހުގައި މިހާރު ޕީއެންސީ ތަމްސީލު ކުރައްވަނީ ދެ މެންބަރެކެވެ. އެއީ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެ ދެ ބޭފުޅުން ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ވަރަށް ފަހުންނެވެ.

މީގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި އާދަމް ޝަރީފް މިހާރު ހުންނެވީ ލޯކަލް ގަވަނަސް މިނިސްޓަރގެ މަގާމުގައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-