-Advertisement-

-Advertisement-

މޫނުގައި ބިހި ނަގާނަމަ ގަވައިދުން މިކަންތައް ކުރޭ

މޫނުގައި ބިހި ނަގާނަމަ، ހަންގަނޑު ސާފުނުކޮށް ބެލެހެއްޓުމުން މޫނުގެ ހަންގަޑަށް އިތުރު މައްސަލަތަކެއް ދިމާވެދާނެއެވެ. މިއީ މި ބާވަތުގެ ހަންގަނޑު ސާފުކުރުމަށް ތަޖުރިބާކާރުން ލަފާދޭ އެންމެ ރަނގަޅު ގޮތްތައް ހޯދުމަށް ބާރުއެޅި ސަބަބަބެވެ.

މޫނުގައި ނަގާ އާނމު ބިއްސެއް ކަމުގައިވާ “އެކްނީ” މާނަކުރެވެނީ ސީބަމް ސެކްރެޝަންސް އާއި އިސްތަށިގަނޑު ފެޅުމުގައި ހަމުގައި ހުންނަ ކުދި ލޯވަޅުތަކުގައި ގިނަ އަދަދެއްގެ ސިބަމް އަދި މަރުވެފައިވާ ސެލްތަކުގެ ސަބަބުން މި ލޯވަޅު ބެދެއެވެ. އަދި މީގެ ސަބަބުން އެކްނީ، ބްލެކް ހެޑްސް ފަދަ ބިހިތައް މޫނުގައި ނަގައެވެ. އަދި އެދެވޭ ގޮތަށް މޫނު ސާފަ ނުކުރުމުން މިތަކެތި ގިނަވެ ބޮޑުވެއެވެ.

އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރޭގަނޑު އެންމެ ފަހު ކަމެއްގެ ގޮތުގައި މޫނުގައި އުނގުޅާފައިވާ ފުއް ނުވަތަ އެހެނިހެން މޭކަޕްގެ ބާވަތްތައް ދޮވެ ސާފްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ މިޅި ދުވަހު ހަމުގެ މަތީގައި ޖަމާވާ ނަޖިސްތައް ސާފު ނުކުރެވިއްޖެނަމަ، ހަންގަޑަށް ގެއްލުން ލިބި ހަނގަޑުން ސިބަމް އުފައްދާ މިންވަރު އިތުރުވެ ބެކްޓީރިއާ ހަނގަޑުގައި އާލާވެ ގިނަ ކޮށްދެއެވެ.

މީގެ އިތުރުން މޫނޫ ސާފުކުރާއި އެހާ ބާރަށް މޫނު ނޫގުޅާށެވެ. މި ސަރަހައްދު ސާފު ކުރާއިރު އިނގިލިތައް ނުވަތަ ކޮޓަން ތުވާލި ކޮޅެއް ބޭނުން ކުރެވިދާނެއެވެ.

މޫނުގައި އެކްނީ ގިނަވާ ހަންގަޑަށް އެކަށީގެންވާ ސާފުކުރާ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އިސްކަންދޭންވީ ހަނގަޑު ތެޔޮ ވުމާއި ދުރުކޮށްދޭ އުފެއްދުން ތަކަށެވެ. މޭކަޕް ރިމޫވާ، ސައިބޯނި، މޮއިސްޗަރައިޒާ ގަނަ އިރުވެސް އެކްނީ އަށް ޚާއްސަ އުފެއްދުންތަކަށް އިސްކަން ދޭށެވެ. އަދި އެލްކޮހޯލް ފަދަ ބާރުގަދާ މާއްދާތައް ނުހިމެނޭ އުފެއްދުންތައް ބޭނުން ކުރާށެވެ.

މީގެ އިތުރުން މޫނު ސާފުކުރުމުގައި ޑަބަލް ކްލެންސިންގް މެތަޑް ބޭނުން ކުރުމަށް މިކަމާއި ބެހޭ މާހިރުން ލަފާދެއެވެ. އެގޮތުން އެކްނީއާއި ގުޅޭ އުފެއްދުމެއް ބޭނުންކޮށްގެން މޫނު ސާފުކުރުމަށްފަހު ތާފަނާ ފެނުން، ތުވާލި ކޮޅެއްގެ އެހީގައި މޫނޫ މަސާޖު ކުރުމުން މޫނުގެ ނަޖިސްތައް ނައްތައިލާ ހަންގަނޑު ނިއުޓްރަލައިޒް ކޮށްދެއެވެ.

ވަރަށް ގިނަ ފަރާތްތަކުން ދެކޭގޮތުގައި މޫނުގައި ބިހި ނަގާނަމަ މޮއިސްޓަރައިޒް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މިއީ ކުއްހީއެކެވެ. މި ދާއިރާގެ ތަޖުރިބާކާރުން ލަފާދެނީ ހަވީރު ހަންގަނޑުގައި މަޑުމައިތިރި، ލުއި މޮއިސްޗަރައިޒިން ކްރީމެއް އުނގުޅުމަށް ކަމަށާއި، އެއީ ހަމުގެ ބެލެންސް އާއި ހައިޑްރޭޝަން ބެހެއްޓުމުގެ އިތުރުން އެންޓި އިމްޕިއުރިޓީސް ޕްރޮޕަޓީސް އެކުލެވޭ ކްރީމެއް ކަމުގައި ވުން މުހިއްމުކަމެވެ.

ވީމާ މިފަދަ ކަންކަން ގަވައިދުން ކުރާނަމަ މޫނުގައި ނަގާ ބިހިތައް މަދުވެ މޫނު ސާފުވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-