-Advertisement-

-Advertisement-

މައިކަށް ގެއްލުންދިނުމުން ޖާބިރުގެ މައްސަލަ ކޮމިޓީއަށް، ޖޫރިމަނާގެ ގޮތުގައި 5،100 ރުފިޔާ

ފޮޓޯ: އަވަސް އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މައިކަށް ގެއްލުންދިނުމުން ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކޮން މެމްބަރެއްތޯ ބެލުމެއް ބޭއްވި ވޯޓާއި މެދު ހިތްހަމަނުޖެހިގެން މަޖިލިސް ތެރޭ އަޑުގަދަކުރުމުގެ އިތުރުން އޭނާގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކަށް ވެސް ގެއްލުންދީފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޠާސަތުން ދަންނަވާކަންކަން އިއްވަމުން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، އިއްޔެގެ ޖަލްސާގެ ތެރެއިން ޖާބިރު މައިކްރޮފޯނަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި މައިކްރޯފޯން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އެ ބަދަލުކުރަން ޖެހޭކަން މަޖިލީހުގެ ޓެކްނިކަލް ޓީމުން އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އުތުރުން އަސްލަމް ވިދާޅުވީ، ޓެކްނިކަލް ޓީމުން މައިކް ބަދަލު ކުރުމަށް 5،100 ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެހެން ކަމުން އެމައްސަލަ ބައްލަވައިދެއްވުމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-