-Advertisement-

-Advertisement-

އެއް ހިއްސާދާރުންނަށްވެސް ކުންފުނި އުފެއްދޭ އާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި

ރައްޔިތުގެ މަޖިލީހުގެ 2023 ވަނަ އަހަރު ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ތެރެއިން – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ކުންފުންޏާ ބެހޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން ދަނީ 1997 ގައި އަމަލުކުރަންފެށި ކުންފުނީގެ ގާނޫނަށެވެ. 26 އަހަރުވެފައިވާ މިބިލަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ރައްޔިތުގެ މަޖިލީހަށް ހަށައަޅުއްވާފައިވާނީ އެމްޑީޕީއަށް ނިސްބަތްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދުއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުގެ މަޖިލީހުން ކުންފުންޏާ ބެހޭ ބިލް ވޯޓަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބިލަށް ތާއީދުކޮށް 53 މެންބަރުން ވޯޓްދެއްވާފައިވެއެވެ. ބިލް ފާސްނުކުރުމުށް ވޯޓް ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި 104 މާއްދާ އޮތް ނަމަވެސް މިއަދު ފާސްކުރި ބިލްގައި 248 މާއްދާ ހިމެނެ އެވެ.

ކުންފުންޏާ ބެހޭ އާބިލްގައި ކުންފުނި އުފެއްދުމާއި, ރެޖިސްޓަރ ކުރުން އަދި އުވާލުން ފަދަ މާއްދާތަކަށް ބަދަލު ގެނެސްފައިވެއެވެ. މިހާރުގެ އަމަލު ކުރަމުންދާ ގާނޫނުގައިވާ ކުންފުންޏެއް އުފައްދަން މަދުވެގެން 2 ހިއްސާ ދާރުން ބޭނުންވާ މާއްދާވެސް ބަނީ ބަދަލުގެނެސްފައިއެވެ. އާ ބިލްގެ ދަށުން އެއް ހިއްސާ ދާރުންނަށްވެސް ކުންފުންޏެއް އުފެއްދޭނެއެވެ.

މަޖިލީހުން މިއަދު ބިލް ފާސްކުރި ނަމަވެސް މިބަލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގުކުރެއްވުމުންނެވެ.

ބިލް ތަސްދީގު ކުރުމާ އެކު މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނު އުވިގެންދާނެ އެވެ. އާ ގާނޫނާ އެއްގޮތަށް ކުންފުނިތަކުގެ ކަންކަން ފުރިހަމަ ކުރުމަށް ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްވެސް މިއަދު ފާސްކުރި ބިލްގައި ހިމަނާފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-