-Advertisement-

-Advertisement-

އިންޑިއާ ސިފައިންގެ އަސްލު އަދަދު އަދިވެސް ސާފެއް ނުވޭ: ރައީސް ޑރ. މުޢިއްޒު

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް, ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް, ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި, ނައިބު ރައީސުން އަދި 48 ގައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި. ފޮޓޯ: ނިއުސްލެބް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދު އަދި ސާފު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދެއް ބުނެދެއްވަން ނޭނގޭ ކަމަށާއި ނަމަވެސް 75 އާއި 89 އާއި ދެމެދުގެ އަދަދަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ޤަބޫލުކުރައްވާ ކަމަށާއި ފަހަރުގައި އެއަށްވުރެވެސް ގިނަވެދާނެކަމަށެވެ.

ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުވިކަމަށާއި އިންޑިއާ ސިފައިން އަނބުރާ ގެންދަވަން އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރާއި އެކު ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށަފައި ނުވިޔަސް، ބައްދަލުވުމަކީ ވަރަށް ކުރުކޮށް ގެންދެވުނު ބައްދަލުވުމެކެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރި އެންމެ ބޮޑު އެއް ކެންޕޭނަކީ އިންޑިއާ ސިފައިން ގިނަ އަދަދަކަށް ރައްޖޭގައި ތިބުމާ ދެކޮޅަށް ހިންގި ކެންޕޭނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަނުން ވީ އެންމެ ބޮޑު އެއް ވަޢުދަކީވެސް އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލުމެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓް ލުމުގެ ކުރިން ބުނެފައިވަނީ ދިވެހިރާއްޖޭގައި 2000 އަށް ވުރެ ގިނަ އިންޑިއާ ސިފައިން އެބަތިބިކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-