-Advertisement-

-Advertisement-

ޗައިނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި

ނައިބް ރައީސް ޖައިނާގައި ތިބި ރާއްޖޭގެ ކިޔަވާ ކުދިންނާ ބައްދަލު ކުރައްވަނީ . ފޮޓޯ: ރައީސް އޮފީސް

ޗައިނާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ނައިބު ރައީސް ޗައިނާގެ ކުންމިންގެ ޔުނާން ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުން ދާ ތިން ދަރިވަރުންނާއި ބައްދަލު ކުރައްވައި އެކުދިންގެ ހާލު އޮޅުން ފިލުވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތް އޮޅުން ފިލުވާފައިވެއެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން މި ހިނގާ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުން 8 ވަނަ ދުވަހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ނިންމާފައިވާ “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ

ރައީސް އޮފީހުން ވިދާޅުވީ، ނައިބް ރައީސްގެ މި ދަތުރުފުޅުގައި ސީ.އައި.ޑީ.ސީ.އޭ. އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގައި ތަޤުރީރު ކުރެއްވުމުގެ އިތުރުން ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-