-Advertisement-

-Advertisement-

ރީނޫ ޑިމޮކްރެޓްސް އިން ވަކިވެއްޖެ

މާލޭސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެންބަރ މަރިޔަމް ރީހާން ނާޒިމް -- ފޮޓޯ: ސޯޝަލްމީޑިއާ

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ އަންހެން ނާއިބު ރައީސްގެ މަޤާމަށް ވާދަކުރެއްވި މަރިޔަމް ރީހާން ނާޒިމް (ރީނޫ) އެޕާޓީއިން ވަކިވުމަށް ހުށަހަޅައިފިއެވެ.

“ޑިމޮކްރެޓްސްއިން ވަކިވުމަށް އަޅުގަނޑު ހުށައަޅައިފިން” މިޢިބާރާތުން ރީނޫ ޓްވީޓުކުރައްވާފައިވާއިރު ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓާއި ގުޅިގެން ޕާޓީގެ އެތެރޭގެ މައްސަލަތަކެއް ފެންމަތިވެފައިވާ މަންޒަރު މިވަނީ ފެންނަން ފަށާފައެވެ.

މާލެ ސިޓީކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ރީނޫއާއި ޑިމޮކްރެޓްސް އެތެރޭގެ އިންތިޚާބުގައި އަންހެނުންގެ ނާއިބުރައީސް ކަމަށް ވާދަކުރެއްވައި ކާމިޔާބު ހޯއްދެވީ އާއިޝަތު އަލައިކާ އަދުނާން އެވެ. މާލެސިޓީ ކައުންސިލަށް ރީނޫ ހޮވުނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް އެމްޑީޕީ ދެފަޅިވެގެން ހެދުނު އާ ޕާޓީ ދަ ޑިމޮކްރެޓްސް އާއި ރީހާން ގުޅިވަޑައިގަތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-