-Advertisement-

-Advertisement-

ހަކުރު ބަލި ހުންނަނަމަ ބޭނުން ކުރަންވީ އަނބުގަހުގެ ފަތް

ހަކުރު ބައްޔަކީ ދިވެހިންގެ މެދުގައި އެންމެ އާއްމު އެއް ބަލިމަޑު ކަމެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ޖެހޭ މިބަލީގައި އެންމެ މުހިއްމު ކަމެއް ދޭންޖެހެނީ ހަކުރު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށެވެ. އެގޮތުން ޑޮކްޓަރުން ދެއްވާ ބޭސްތަކުގެ އިތުރަށް ޤުދުރަތީ މާއްދާތަށް ބޭނުންކުރުމުންވެސް ހަކުރު ކޮންޓްރޯލް ކުރަން އެހީ ވެދެއެވެ.

އަނބުގަހުގެ ފަތަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ފަތެކެވެ. މިއީ ޒަމާނުއްސުރެއް ނޭވާ ހިއްލުމަށާއި ޑައިބެޓިކް ފަދަ ބަލިތަކަށް ޗައިނާގައި ބޭނުން ކުރެވެމުން އަންނަ ފަތެކެވެ. މިފަތުގެ ފައިދާތަށް ވަނީ ސައިންޓިފިކް ދިރާސާތަކުންވެސް ސާބިތު ކޮށްދީފައެވެ. އެގޮތުން، 2010 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި މީދާތަކަކަށް އަނބު ގަހުގެ ފަތުގެ ދިޔަ ދިނުމުން އެއެއްޗެހީގެ ހަށިގަނޑުން ގްލޫކޯސް ދަމާވަރު ކުޑަވެ، ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދިނެވެ. މިހެން ދިމާވަނީ، އަނބު ގަހުގެ ފަތުގެ ދިޔައިން ހަށިގަނޑުގެ އިންސިއުލިން އުފެއްދުން އިތުރުކޮށްދީ ހަށިގަނޑުގައި ގްލޫކޯސް ދައުރުކޮށް، ލޭގެ ހަކުރު ކޮންޓްރޯލް ކޮށްދޭތީއެވެ. މީގެ އިތުރުން، މިފަތަކީ ޕެކްޓިން، ފައިބާ، އަދި ވިޓަމިން ސީ ވަރަށް ގިނަ ފަތެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓެރޯލްވެސް ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި، އަނބު ގަހުގެ ފަތުން ހަކުރުބަލީގެ އަލާމާތްތައް ކަމަށްވާ، ގިނަ ގިނައިން ކުޑަކަމު ދިއުމާއި، ލޮލުގެ ފެނުން ފުސްވުމާއި، ބަރުދަން ލުއިވުން ފަދަ އަލާމާތްތަށް ދަށްކޮށްދެއެވެ. ހަމަ އެއާއިއެކު، މިފަތަކީ އޭގައި އެންޓިއޮކްސިޑަންޓް ވެސް ގިނަ ފަތެކެވެ. އެހެންކަމުން ހަކުރު ބަލި ނެތަސް މިފަތް ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެއެވެ.

ފަތް ބޭނުން ކުރާނެ ގޮތް:
އަނބު ގަހުގެ 15 ފަތް 100 ނުވަތަ 150 އެމްއެލްގެ ފެނުގައި ކައްކާށެވެ. އަދި ރޭގަނޑު މި ފެން ފަތްތަކާއި އެކު ރަހަތަށް ވަންނަންދެން މަތި ޖަހައިފައި ބަހައްޓާށެވެ. އަދި ހެނދުނު ހައިބަނޑާއި ފެންފޮދު ބޯލަށެވެ. މިގޮތަށް ތިން މަސްވަންދެން ކޮންމެ ދުވަހަކުވެސް އަނބުފަތް ބޭނުން ކުރުމުން ހަކުރު ދަށްވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-