-Advertisement-

-Advertisement-

‎ހިޔާ ފްލެޓުގައި ހަމަލާދިނީ އާއިލީ މައްސަލައަކާ ހެދި

ހުޅުމާލެ ފޭސް 2  ގެ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކަށް ރޭ ހަމަލާދިނީ އާއިލީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު މައުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޗް 6 ގެ އެޕާޓްމަންޓެއްގައި ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށެވެ.

އެ ހަމަލާގައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ލިބިފައިވާއިރު ،  19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޮފިޝަލް ވިދާޅުވީ، އެ މައްސަލަ މިހާތަނަށް ބެލި ބެލުމުން އެ ފިރިހެން މީހާ އަށް ހަމަލާދީފައިވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައިކަން އެނގިފައިވާކަމަށާއި މައްސަލަ ދަނީ އިތުރަށް ތަހުޤީޤް ކުރެވެމުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-