-Advertisement-

-Advertisement-

‎ބިޑު ދައުވަތެއް ނެތި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވާލައިފި

ބިޑު ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ނުވަތަ އަންސޮލިސިޓަޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު  އުވާލައިފި އެވެބިޑު ދައުވަތެއް ނެތި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލެވި އަމަލު ކުރެވެމުންދިޔައުސޫލެކެވެ.

މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ. އެގޮތުން ދެ ދާއިރާއަކުން ޕްރޮޕޯސަލް ހުށަހަޅަން އެ އުސޫލުން ޖާގަ ދީފައި އޮތެވެ. އެއީ:

  • ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަމަޝްރޫއުތަކާ ގުޅޭ ޕްރޮޕޯސަލް
  • ސަރުކާރުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީ ގޮތެއްގައި (އިނޮވެޓިވް ގޮތެއްގައި) އަދި ފުދުންތެރިގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް

މިގޮތަށް ލިބުނު ހުށަހެޅުމެއްގެ ތެރެއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރި ކަން ސާފު ނުވާއިރު މި އުސޫލު އުވާލި ނަމަވެސް މާލިއްޔަތު ގަވާއިދުގެދަށުން އަދިވެސް މިގޮތަށް ހުށަހެޅުންތައް ސަރުކާރަށް ބަލައިގަންނަން އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-