-Advertisement-

-Advertisement-

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ބައެއް ވޯޓް ފޮށިތައް ބާތިލްކޮށްފި

މިހިނގާ ޑިސެމްބަރ 2 ގައި ބޭއްވުނު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ބައެއް ވޯޓް ފޮށީގެ ނަތީޖާ ބާތިލްކޮށް އަލުން ވޯޓްލާގޮތަށް ނިންމައިފިއެވެ. ވޯޓް ފޮށިތަކަށް ވޯޓް ލެވޭ އަދަދަށްވުރެ ގިނައިން ވޯޓްލާފައި ހުރުމުން ބާތިލްކުރަން ނިންމާފައިވަނީ ޔަންގް ޑީމޮކްރެޓްސް ލީޑަރ ހޮވުމަށް ވޯޓް ލާފައިވާ ފޮށިތަކެވެ.

މުޙައްމަދު މާޝިހު އާއި ޔޫސުފް ޝާހު ވާދަކުރެއްވި ޔަންގް ޑިމޮކްރެޓްސް ލީޑަރ މަޤާމަށް ލިބުނު ވޯޓް 13 ރަށެއްގައި ވަނީ ބާތިލްކޮށަފައެވެ. އަދި ނ. އަތޮޅު ރައީސް ހޮވުމަށްވެސް އަލުން ވޯޓް ލުމަށް ވަނީ ނިންމާފައެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އިޢުލާން ކުރައްވަމުން ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގިނައިން ވޯޓް އެޅުމަށް މެދުވެރިވި ސަބަބީ އިންތިޚާބީ އޮފިޝަލުންނަށް އެރި އޮޅުމަކުން ގިނައިން ވޯޓް ކަރުދާސް ދޫކުރެވިފައި ވުމެވެ. ގިނަ ދާއިރާތަކަށް ވޯޓް ލެވުނު އިންތިޚާބުގައި ބައެއް މެންބަރުންނަށް ވޯޓް ލުމަށްޓަކައި 3 އާއި 10 އާއި ދެމެދުގެ އަދަދެއްގެ ވޯޓް ކަރުދާސް ދެވިފައިވެއެވެ.

ވޯޓް ބާތިލްކުރެވުނު ރަށަތްކަކީ؛

ހއ. ހޯރަފުށި،

ހދ. ނޭކުރެންދޫ،

ށ. މާއުނގޫދޫ،

ނ. މިލަދޫ،

ރ. އަލިފުށި،

ތ. ކިނބިދޫ،

ގދ. ގައްދޫ އަދި

ބ. އަތޮޅު މާޅޮސް، ދަރަވަންދޫ، ފެހެންދޫ، ގޮއިދޫ އަދި ކުޑަރިކިލެވެ.

ވޯޓްގައި މައްސލަ އުޅޭކަމަށް ޑިމޮކްރެޓްސްގެ މެންބަރުން އެދުވަހުވެސް ބުނަންފަށައިފިއެވެ. އަދި ވޯޓްގެ ނަތީޖާ އިޢުލާންކުރުން ލަސްވުމުން މެންބަރުންގެ މެދުގައި ނުތަނަވަސްކަން ވަކީން ބޮޑަށް އިތުރުވިއެވެ. ޑިމޮކްރެޓްސްގެ އަންހެން ނާއިބުރައީސްކަމަށް ވާދަކުރެއްވި މަރިޔަމް ރީހާން ނާޒިމް (ރީނޫ) ވެސް ވަނީ ޕާޓީއިން ވަކިވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-