ތާރު އަޅައިގެން ހަދަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށްޓަކާ އެ ސަރަހައްދުގެ ޓްރެފިކަށް ބައެއްބަދަލުތައް ފުލުހުން މިއަދު ގެނެސްފި އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމަށް މާދަމާ އިރުއޮއްސި 18:00 އިން ފެށިގެން އެ މަގާ ގުޅިފައިވާ މަގުތަކާއިގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުގައި، ކަނބާ އައިސާރަނި ހިނގުމުން ދެކުނަށް ދުއްވާ އުޅަނދުތަކަށް ދެން ބުރުޒު މަގުން އަޅައިގެން އިރުމައްޗަށް ވަކިހިސާބަކަށް ދުއްވޭނެ އެވެ. ބުރުޒު މަގަށް އަޅާ އުޅަނދުތަކަށް އެ މަގުން އިރަށް ދުއްވޭނީ އިއްޒުއްދީން މަގާ ހިސާބަށެވެ.
އަމީނީ މަގުގެ ބާކީ ބައި ހެދުމަށް ބަންދުކުރަނީ އެ މަގާއި އިއްޒުއްދީން މަގާ ގުޅޭ ހިސާބުން ފެށިގެން އެ މަގާއި ބޮޑުތަކުރުފާނު މަގާ ގުޅޭ ހިސާބަށް އޮންނަސަރަހައްދެވެ.
އެ ސަރަހައްދަކީ އަމީނީ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާތީ އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކުކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް މިދިޔަ ހޯމަ ދުވަހު ބޭއްވި އެވެ.