-Advertisement-

-Advertisement-

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ސްޓެލްކޯ އަދި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ބައެއް ފަރާތްތައް ވަކިކޮށް އިތުރު ބަޔަކު އައްޔަން ކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ކުރި އިޢުލާނަކުން ވަނީ މިބަދަލުތައް ޢާއްމުކޮށްފައެވެ.

މިގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުން ވަނީ 8 ޑިރެކްޓަރަކު ވަކިކޮށްފައެވެ. 5 ޑިސެމްބަރުގައި ވަކިކުރެވުނު ބޭފުޅުންނަކީ؛

  1. އަބްދުﷲ ރަމީޒް ،
  2. ހަސަން މުނީރު،
  3. އިބްރާހިމް އަފްރާތު،
  4. އަބްދުލް މުންޢިމް މުޙައްމަދު މަނިކު،
  5. އަބްދުﷲ މިޢާދު،
  6. މުޙައްމަދު ޖަލާލު،
  7. ޝާތިރު އަބްދުއްރަޙްމާން އަދި
  8. އާމިނަތު ސުވޭޒާ ނަޢީމް އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ބޯޑުން 8 ބޭފުޅުން ވަކިކުރުމަށްފަހު، 4 ބޭފުޅަކުވަނީ އައްޔަން ކޮށްފައެވެ. އެބޭފުޅުންނަކީ؛

  1. އާރިފް އަބްދުއްސަމަދު،
  2. މުޙައްމަދު ވިޝާމް،
  3. އުލާ މުޙައްމަދު ރަޝީދު،
  4. އިބްރާހިމް ޔޫސުފްފުޅު،
  5. އަޒުހަރު އަބްދުﷲ ސަޢީދު،
  6. މުޙާއްމަދު ވަޙީދު.

މީގެ އިތުރުން ބަދަލު ގެނައީ ސްޓެލްކޯގެ ބޯޑަށާއި އެސްޓީއޯ އަދި އާސަންދައިގެ ބޯޑަށެވެ. މިގޮތުން 4 ޑިސެމްބަރ 2023 ގައި ހުސްވި ސްޓެލްކޯގެ ޗެއަރމަންގެ މަޤާމަށް މުހައްމަދު ލަތީފު އައްޔަންކުރުމާއި، އެސްޓީއޯގެ ޗެއަރމަންގެ މަޤާމަށް އާމިރު މަންސޫރު އައްޔަން ކުރުމާއި ބޯޑުގެ ހުސްވެފައިވާ މަޤާމަށް މުޙައްމަދު މުރާދު އައްޔަންކުރުމާއި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޯޑަށް ފައިސަލް އިބްރާހިމް ވަނީ އައްޔަންކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-