-Advertisement-

-Advertisement-

މައްސަލަ ހައްލުކޮށް މިރޭ އައްޑުއަށް ފެން ދޫކުރަނީ

ފެނަކަ ކޯޕަރޭޝަން މެނޭޖިންގް ޑިރެކަޓަރ --- ފޮޓޯ: ދިއެޑިޝަން

އައްޑޫގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވާތާ 2 ދުވަސްފަހުން މިރޭ ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މިރޭ ފެނަކައިން ނެރުނު ބަޔާނެއްގައިވާގޮތުން ހިތަދޫ ފެންޕްލާންޓަށް ދިމާވި މައްސަލަ މިރޭ ހައްލުކުރެވި ފެނުގެ ޚިދުމަތް އިޢާދަކުރެވޭނެކަމަށެވެ.

ފެނަކައިން ވަނީ މި ބަޔާނުގައި އައްޑޫ ރައްޔިތުން ކިބައިން ނިހާޔަތަށް މާފަށް އެދި، ފެންކެނޑުމަށް ދިމާވި މައްސަލަ ހާމަކޮށްފައެވެ. މިގޮތުން ފެނުގެ މައްސަލަ ދިމާވުމަށް ވެދުވެރިވި ސަބަބަކީ ޤަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމާއި ޔޫޓިލިޓީސް ރެގިއުލޭޝަން އޮތީރިޓީއިން އިރުޝާދުދީފައިވާ ގޮތަށް ޢަމަލުނުކޮށް ފަރުވާ ކުޑަވެފައި އޮތުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިގެ އާ މެނޭޖްމަންޓުން އެންމެ ބޮޑަށް އިސްކަންދޭނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދިނުމުގައި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައި ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފެނުގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދީފައިވަނީ އެމްޑަބްލިއުއެސްސީ އިންނެވެ. އައްޑޫއަކީ އާބާދީ ބޮޑު އަތޮޅަކަށް ވެފައި، ސަޕްލައި ފެނަށް ބަރޯސާވާ ރައްޔިތުން ނިސްބަތުން ވަރަށް ގިނައެވެ. ފެނުގެ މައްސަލަ ހައްލުނުކުރެވި ދިގުދެމިގެން ދިޔުމުން ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ފެނަކައަށާއި މިހާރުގެ ސަރުކާރަށް އަމާޒުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-