-Advertisement-

-Advertisement-

ފްލެޓުތަކުގެ މައްސަލާގައި އޭސީސީ އިން މީހުން ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފި

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދީފައިވާ ގޮތާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ކުރަމުންދާ ތަހުގީގަށް މީހުން ހާޒިރު ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުން މައުލޫމާތު ލިބިފައިވާ ގޮތުން ފްލެޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލް އަށް އެ ކޮމިޝަނަށް ހައުސިން މިނިސްޓްރީން މިހާރު އެކްސެސް ވަނީ ދީފައިއެވެ.

އެހެންކަމުން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުންދާ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

އެހެން ނަމަވެސް އެ ކޮމިޝަނުން ހާޒިރު ކުރަނީ އާންމުން ކަމެއް ނުވަތަ ކޮން މުއައްސަސާތަކެއް ހާމަކޮށްފައިއެއް ނުވެއެވެ.

މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވެފައި، ވީހާ ވެސް އަވަހަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-