-Advertisement-

-Advertisement-

އެސް.ޓީ.އޯ އިން އިއްޔެ ރާއްޖެއަށް ފިޔާ ޝިޕްމަންޓެއް އެތެރެ ކޮށްފި

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.

ފިޔާ ލިބުން ދަތިވެފައިވަނީ މޫސުންގޯސްވުމުގެ ސަބަބުން އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައި އޮތުމުގެ ސަބަބުންނެވެ. އަދި މިކަމާ ގުޅިގެން ފިޔާބަސްތާއެއްގެ އަގު 800 ރުފިޔާއަށްވެސް އުފުލިގެން ގޮސްފައިވީ ނަމަވެސް ފިޔަލުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ވަނީ އިއްޔެ ރާއްޖެއަށް ފިޔާޝިޕްމަންޓެއް އެތެރެކޮށްފައެވެ.

އެސްޓީއޯގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔާގެ އަގު ދަށްކުރުމުގެ ގޮތުން ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 4500 ބަސްތާ ފިޔާ އެތެރެކޮށްފައިވެއެވެ. މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާއްމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ ހާމަކުރެއެވެ. އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށް އެދޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-