-Advertisement-

-Advertisement-

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި

ފުށިދިއްގަރު ފަޅު ހިއްކަން މިއަދު ވަނީ ފަށާފައި. ފޮޓޯ: ނިއުސްލެބް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ވަޢުދު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެފަޅު ހިކަން ފަށައިފިއެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މަޝްރޫޢު ފަށްޓައްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ފުށިދިއްގަރުފަޅުގައި ބިނާކުރެވޭނެ ސިޓީއަކީ ކާބަން ފްރީ ސިޓީއަކަށް ހައްދަވާނެކަމަށެވެ. އަދި މި ސިޓީގެ ނަމަކީ “ރަސްމާލެ” ކަމަށް އިޢުލާން ކުރެއްވިއެވެ. އަދި ފުށިދިއްގަރުފަޅުގައި ބިނާކުރެވޭ ރަށަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ރަށެއް ކަމަށާއި އުސްމިނުގައި 3 މީޓަރާއި 2 މީޓަރު ހުންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ޕްރޮޖެކްޓަށް އެކަށައަޅާފައިވާ 400 މިލިއަން އަންނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވަނިކޮށް ފެށި މިޕްރޮޖެކްޓަށް ފައިސާ ހޯދާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ބައިވެރިވެވަޑައިގެންފައި. ފޮޓޯ: ނިއުސްލެބް

800 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ ފުށިދިއްގަރު ފަޅު ވަނީ ކ. ގުޅީ އިހްތިސާސުން ވަކިކޮށްފައެވެ. މާލެސިޓީއާ އެއްފެންވަރަކަށް ޚިދުމަތް ގާއިމްކުރެވިގެންދާނެ މިޕްރޮޖެކްޓް އަކީ 20 އަހަރުގެ ޕްލޭނަކަށް ބަހާލައިގެން ހިންގާނެ ބިޔަ މަޝްރޫޢެކެވެ. 2025 ގެ ބަޖެޓްގައި 600 މިލިއަން އަދި 2026 ގެ ބަޖެޓްގައި 350 މިލިއަން ފުށިދިއްގަރުފަޅު ޕްރޮޖެކްޓަށް ޚާއްސަ ކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-