-Advertisement-

-Advertisement-

އަލަށް އުފެއްދި ވުޒާރާރާތައް ފާސްކުރަން މަޖިލީހަށް ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި އައު ވުޒާރާތަކާއި އެވުޒާރާތަކުގެ މަސައްކަތްތައް ބެހިފައިވާ ގޮތް މަޖިލީހުން ފާސްކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުނީ އަލަށް އުފެއްދެވި ވުޒާރާތަކާއި އެވުޒާރާތަކުގެ މެންޑޭޓް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ނުވާތީއެވެ. ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރ ހިސާން ހުސައިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަކުން ހުއްޓިގެންދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދެން ކުރިއަށްދާނީ ވުޒާރާތަކުގެ މެންޑޭޓް މަޖިލީހުން ފާސްކުރުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އައު ވުޒާރަތައް އުފެއްދެވީ އެމަނިކުފާނު ރައީސް ކަމުގެ ހުވާކުރެއްވި ދުވަހު، ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-