ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފިއެވެ. އެމްޑީޕީއިން މިރޭ ނެރުނު ނޫސްބަޔާނުން މިކަންވަނީ ކަށަވަރު ކޮށްދީފައެވެ.
މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީއިން މިރޭ ނެރުނު ނޫސްބަޔާނުން ވަނީ މިޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފައެވެ. އެމްޑީޕީއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ޤާނޫނީ އަދި ދުސްތޫރީ ޒިންމާ އަދާކުރުމުގެތެރެއިން ދައްކާ ވާހަކައާޢި ފާލުކުރާ ޚިޔާލުތަކާއި ގުޅިގެން މަރުގެ އިންޒާރު ދިނުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމަށެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިފާޢު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މަޖިލީހުން މިއަދު ފާސްކުރި މަޖިލީހުގެ ޤާވާއިދަށް ގެނައި އިސްލާޙު އޮތްގޮތުން، ޝިފާޢު މިބާވަތުގެ މައްސަލައެއް ހުށަހަޅުއްވައިފިނަމަ އެންމެ ގާތީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމެވެ. އެހެނީ މިހާރުގެ ޤަވާއިދު އޮތްގޮތުން އެމްޑީޕީގައި ތިއްބެވި 56 މަޖިލިސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ޤަރާރު ފާސްވާނެއެވެ.