-Advertisement-

-Advertisement-

ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ގެއްލުމެއް!

ފޮޓޯ؛ ސީ އެން އެން

ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް އައިސް 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ޗައިނާ ގަޑިން ރޭ 23:59 ހާއިރު ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ޗައިނާގެ ގަންސޫ ޕްރޮވިންސަށެވެ. އަދި ބިންހެލުމުގައި އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރ ސީސީޓީވީ އިން ބުނެފައިވަނީ ބިންހެލުން އައި ވަގުތު ބައެއް އިމާރާތްތައް ބިމާއި ހަމަވަމުން ދިޔައިރު، އެތައް ބަޔަކު މަގުތައް މައްޗަށް ނުކުންނަމުން ދިޔަކަމަށެވެ.

މީގެ އިތުރުން ގަންސޫ އިން މަދުވެގެން 100 މީހުން މަރުވެފައި ވާއިރު، ޖެހިގެން އޮތް ޒިންގްހައިގެ ހައިޑޮންގް ސިޓީ އިން 11 މީހުން މަރުވެފައިވާ ކަމަށް ވެސް ސީސީޓީވީ އިން ބުނެފައިވެއެވެ.

ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް އަވަށްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ވަނީ ކެނޑިފައެވެ. މީހުން ސަލާމަތް ކުރުމާއި ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ ގޮވާލައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-