-Advertisement-

-Advertisement-

މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލި މީހެއް – ފުލުހުން

ހުޅުމާލޭގައި އުމުރުން 51 އަހަރުގެ މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ ފޭސް އެކެއްގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ ކަމުގެ މައްސަލައެއް އިއްޔެ އިރުއޮއްސި 18:50 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި އަނިޔާވި އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމަށް އަދި އެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ފަހުން ވިދާޅުވިގޮތުގައި އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަކީ ނަފްސާނީ ބަލި މީހެކެވެ. އޭނާ ހަމަލާ ދީފައިވަނީ އޭނާގެ މަންމަ އަށް ކަމަށެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކަން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-