-Advertisement-

-Advertisement-

ކަރަންޓު ވިއުގަ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި 3 ކުންފުންޏަކާއެކު ސޮއިކޮށްފި

މިއަދު ބޭއްވުނު ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އެންވަޔަރމަންޓް މިނިސްޓްރީ

ރާއްޖޭގެ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ ޕްރޮޖްކްޓްގެ ދަށުން 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރމަންޓް އެންޑް އެނާޖީއިން ހިންގާ މިޕްރޮޖެކްޓް އަކީ 3 މަރުޙަލާއަކަށް ބަހާލައިގެން ހިންގާ ޕްރޮޖެކްޓެކެވެ. 3 ކުންފުންޏަކާއެކު މިއަދު ސޮއި ކުރެވުނު އިރު ފުރަތަމަ މަރުޙަލާގެ 8 ރަށުގެ މަސައްކަތް ކުރުމަށް ހަވާލުވީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓެޑް އެވެ. ފުރަތަމަ ފިޔަވަހީގެ 8 ރަށަކީ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީއެވެ.

ދެވަނަ މަރުޙަލާ އަދި ތިންވަނަ މަރުޙަލާގެ މަސައްކަތާ ހަވާލުވީ 2 ކުންފުންޏެއް ހިމެނޭ ޖޮއިންޓް ވެންޗަރ އެކެވެ. ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގް ކެލިން ކޯ ލިމިޓެޑް ހިއްސާވާ ޖޮއިންޓްވެންޗާ އިން ދެވަނަ މަރުޙަލާގައި އަޕްގްރޭޑް ކުރާނީ 3 ރަށެކެވެ. އެއީ ބ. އޭދަފުށި، ޅ. ހިންނަވަރު އަދި ކުޅުދުއްފުށި ސިޓީއެވެ. އަދި 3 ވަނަ މަރުޙަލާގައި މަސައްކަތް ކުރާނީ ލ އަތޮޅުގެ 8 ރަށެއްގައެވެ.

ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ނިމުމުން 15 އަހަރަށް މިރަށްތަކަށް ބޭނުންވާ ކަރަންޓު ވިއުގަ ތަރައްޤީކޮށް ނިމޭނެކަމަށް އެންވަޔަރމަންޓް މިނިސްޓަރ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-