-Advertisement-

-Advertisement-

ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާބެހޭ އާ އުސޫލަށް ޢަމަލުކުރަން ފަށައިފި

ބާކައުންސިލްގެ މެންބަރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު އާއި ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބާކައުންސިލުން އަމިއްލައަށް އިސް ނަގައިގެން ބެލޭނެ އުސޫލަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމުގެ ބޭނުމުގައި އެކުލަވާލައި ގެޒެޓް ކުރެވުނު މިއުސޫލުގެ ދަށުން 4 ޤާނޫނެއް އަދި ބާ ކައުންސިލުން ހަދާ ޤަވާއިދުތަކަށް ޤާނޫނީ ވަކީލުން ޢަމަލުކުރާ މިންވަރު ބަލާނެއެވެ.

މިއުސޫލުގައި ބަޔާންކުރާ ޒާތުގެ މައްސަލައެއް ބާ ކައުންސިލުގެ އެގްޒެކެޓިވް މެންބަރަކަށް ނުވަތަ ސެކްރެޓޭރިއަޓްގެ މުވައްޒަފަކަށް ފާހަގަކުރެވިއްޖެނަމަ، ޖެނެރަލް ކައުންސެލްއަށް ހުށަހަޅަންވާނޭކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ހުށަހެޅޭ މައްސަލައަކީ ބަލަންޖެހޭ މައްސަލައެއްކަމަށް ނިންމާނީ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުންނެވެ.

ޤާނޫނީ ވަކީލުންގެ މިފަދަ ސުލޫކީ މައްސަލަތައް ބާ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ބެލޭނީ، އެ މައްސަލައެއްގެ ޢަމަލު ހިންގިތާ 2 އަހަރު ނުވާނަމައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-