އިޒްރާއީލުގެ ރައްޔިތުންނަށް ރައްކާތެރި މާޙައުލަކަށް ނުވާތީ ކަމަށް ބުނެ ދިވެހިރާއްޖެ ދަތުރުނުކުރަން އިޒްރާއީލުގެ ޚާރިޖީ ވުޒާރާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ.
ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ގިނައަދަދަކަށް ފަތުރުވެރިން އަންނަ އިޒްރާއީލުގެ ސަރުކާރުން މިގޮތަށް މިއެންގީ ދިވެހިރާއްޖޭގައި އިޒްރޭލާއި ދެކޮޅުހެދުން ނުރައްކާތެރި ދަރަޖައަކަށް އޮތްކަމަށް ނިންމާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް އިޒްރާލާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމަކީ މިއިންޒާރު ދިނުމުގެ އެއް ސަބަބު ކަމުގައި އެ ވުޒާރާގެ ނޫސް ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖެ ދަތުރު ނުކުރުމަށާއި، ދިވެހިރާއްޖޭގައި ތިބި ބަޔަކުނަމަ، އަވަހަށް ރާއްޖެ ދިއުމަށާއި އެހީއަކަށް ބޭނުންވެއްޖެނަމަ އެހީ ފޯރުވައިދިނުން ވަރަށް ދަތިވާނެކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާ ދިވެހިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެކި ސޯޝަލް މީޑިއާ އަދި މަގުމަތީގައިވެސް ޝުޢޫރު ފާޅުކުރަމުންނެވެ. ޚުދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.