-Advertisement-

-Advertisement-

ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ހިމެނޭހެން ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ. މީގެތެރޭގައި މަޖިލީސް ރައީސްއާއި ނާއިބްރައީސްއާއި މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.

މާލިއްޔަތު ކޮމިޓީއިން މިއަދު މުސާރަ ބޮޑުކުރަން ނިންމި މަޤާމްތަކަކީ؛

  • ރައީސުލްޖުމްހޫރިއްޔާ 120،000ރ.
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު – 93،000ރ.
  • ވަޒީރުން – 72،000ރ.
  • ރައްޔިތުންގެ މަޖިލިސް މެންބަރުން – 80،000ރ.
  • މަޖިލީހުގެ ރައީސް – 90،000ރ.
  • މަޖިލީހުގެ ނައިބު ރައީސް – 88،000ރ
  • މޭޔަރު – 46،000ރ.
  • ޑެޕިއުޓީ މޭޔަރު- 40،500ރ.
  • ސިޓީ ކައުންސިލް މެންބަރުން 35،000ރ.
  • އަތޮޅު ކައުންސިލް ރައީސް 33،000ރ.
  • ރަށު ކައުންސިލް ރައީސް 25،500ރ.
  • ރަށު ކައުންސިލް ނައިބުން 20،000ރ.
  • ރަށު ކައުންސިލަރުން 18،000ރ.
  • އުއްތަމަ ފަނޑިޔާރު – 91،000ރ.
  • ގަވަރުނަރު – 74،000ރ.
  • އޮޑިޓާ ޖެނެރަލް – 74،000ރ.
  • ޕްރޮސެކިއުޓާ ޖެނެރަލް – 74،000ރ

މާލިއްޔަތު ކޮމިޓީއިން މިގޮތަށް ނިންމިޔަސް ފަހުބަސް އިއްވާނީ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަޙުސްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-