-Advertisement-

-Advertisement-

ރިއަލިޓީ – 1 ވަނަ ބައި

އަންހެން މީހާއަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބޭތީ އެކަމުގެ ވާހަކަ އަކީ އެޗުއްޓީ ދޭން ފެށީއްސުރެ މިއަދާ ހަމައަށްވެސް ދެކެވޭ ވާހަކަ އެކެވެ. ނަމަވެސް މިޗުއްޓީ އަކީ އަސްލު ޗުއްޓީއެއް ނޫންކަން ވިސްނެނީ ކިތަށް މީހުނަށް ތޯ؟ ދަރިމައިވުމުގެ ވޭނަށް ފަހު އަންހެން މީހާގެ ހަށިގަނޑަށާއި ވިސްނުމަށް އަންނަ ބަދަލުތަކާއި އަޅާވޭނާއި ކުރާ އަސަރު އެގި އަދި އެކަން ގަބޫލު ކުރަނީ ކިތައް މީހުން ހެއްޔެވެ؟ މިއީ އާދައިގެ ކަމެއް ނޫނެވެ. ވިހެއުމަށްފަހު 6 މަސް ދުވަހުގެ ޗުއްޓީ އެކޭ ކިޔައި ސާމާސާއަށް ނަމަވެސް ބުނާ ބަސްތަކަކީ ހިތުން ފިލައިގެން ދާނޭ ބަސްތަކެއް ނޫނެވެ.

އެލިބޭ 6 މަސް ނިމި އޮފީހަށް ނިކުތުމަށްފަހު ދެން ވާގޮތުގެ ވާހަކަ ދައްކަމާ ހިނގާށެވެ. އޮފީހަށް ނިކުންނަނީ ދަރިފުޅަށް 6 މަސްވާ ފަހުންނެވެ. އޮފީހަށް ނިކުންނައިރު މަސައްކަތްތައް އޮންނަނީ ފުނިޖައްސާލާފައިއެވެ. ދަރިފުޅަށް ގާތުން ދިނުމަށް ގެޔަށް ގޮސް ލެވެނީވެސް އެހާ އުންދަގުލުންނެވެ. އަހަރެއް ނުވާ ކުއްޖެ އޮންނާތީ ލިބެންޖެހޭ ލުޔެއް ނުލިބެއެވެ. އެންމެ ދުވަހަކުވެސް އަވަހަށް ގެޔަށް ފޮނުވިޔާވާނީ ކީއްހެއްޔެވެ؟

ރަސްމީ ގަޑީގައި އެހާ މަސައްކަތް ކޮށްފައި އަދި ނުވިތަނަކަށް ރޭގަނޑު އޮފީހަށް ގެނެވުނިއްޔާ ނޫނީ ވެރި މީހާ ހިތްހަމަ ޖެހޭ ކަމަށް ނުވެއެވެ. އޮފީހަށް އަންނަން ނުޖެހޭ ރެޔެއް ވެއްޖެއްޔާ ކަންފަތުން ފޯނު ނައްޓާލިޔަކަ ނުދެއެވެ.

ދެންބުނާނީ ނުވަންޔާ ވަޒީފާއިން ކެންޑިގެން ގޭގައި އޮންނާށޭއެވެ. ރާއްޖޭގެ މި ހާލަތުގައި ދެމަފިރިން ވަޒީފާއަށް ނުގޮސް އަންގައާއި އަތާ ދިމަލެއް ނުވާނެއެވެ. ތަކެތީގެ އަގު އެހާ ބޮޑެވެ. ކުލީގެ އަގު އެހާ ބޮޑެވެ. ލިބޭ މުސާރަކޮޅުން ކުލި ދައްކައި ބިލްތައް ދައްކާ ނިމޭއިރު ގިނަ މީހުން އަތުގައި އެއްޗެއް ނޯވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-