ރޯޝަނީ ގޯޅީގައި ހަދަމުންދާ ޢިމާރާތަކުން ދަގަނޑު ހޮޅިދަނޑިއެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މިރޭ 7:29 ހާއިރު މިހާދިސާ ހިނގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަނިޔާވި އަންހެން މީހާއަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި، މިހާރު ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މާލެސިޓީގައި މަސައްކަތްކުރަމުންދާ ޢިމާރާތްތަކުން ދަގަނޑު، ލަކުޑި ފަދަ ތަކެތި ވެއްޓި މީހުންނަށް އެކިވަރުގެ އަނިޔާވުމަކީ މާލޭސިޓީގައި ދިމާވެފައިވާ މައްސަލައެކެވެ.
މިޙާދިސާ ހިނގި ގޮތާއިބެހޭ އިތުރު މަޢުލޫމާތު އަދި ހޯދަންޖެހޭ އިތުރު ހޯދުންތައް ފުލުހުން ދަނީ ހޯދަމުންނެވެ.