-Advertisement-

-Advertisement-

ރޭގެ ވަގުތެއްގައި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ކާމިލް ދީދީ ސްކޫލް ކައިރީގައި ރޭ 23:40 ހާއިރު އެކްސިޑެންޓެއް ހިންގައިފައިވާ ކަމުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފިއެވެ. އެކްސިޑެންޓް ހިންގާފައިވަނީ 2 ކާރު ޖެހިގެންނެވެ. އަދި އޭގެތެރެއިން އެއް ކާރު މަޑުނުކޮށް ގޮސްފައިވެއެވެ.

އެކްސިޑެންޓްވި ކާރުގައި ތިބި 4 މީހަކަށް އަނިޔާވެފައިވާއިރު އެމީހުން ވަނީ ފަރުވާ ހޯދުމަށް ޓަކައި ހުޅުމާލޭ ހޮސްޕިޓަލް އަށް ގެންގޮސްފައި އަދި ފަރުވާ ދިނުމަށްފަހު ރޭގައި އެމީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިއެވެ.

އެކްސިޓެންޓްވި ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-