-Advertisement-

-Advertisement-

ވިލީމާލޭ މޫދުގައި ގެނބެމުން ދިޔަ މީހަކު ސަލާމަތް ކޮށްފި

ވިލިމާލޭ ބާބަކިއު ސަރަހައްދުގައި މޫދުގައި އަންހެން މީހަކު ގެންބެމުންދާ ކަމުގެ މައުލޫމާތު ރޭ 00:31 ހާއިރު ލިބިގެން ފުލުހުން އެމީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

އެމީހާ އަކީ 32 އަހަރުގެ މީހެއް ކަމަށާއި ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާނެ ކަމަށް އަދި އެމީހާ މިހާރު އާއިލާ އާއި ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން އެމީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާއަށް ލޮނު ބޮވި ހާލު ސީރިއަސް ވުމުގެ ސަބަބުން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދެވިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-