-Advertisement-

-Advertisement-

ފުރަތަމަ ޓާމު ބަންދު ވެއްޖެ

ފޮޓޯ؛ ސަން އޮންލައިން

ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމުގެ   ބަންދު މިއަދު ފަށައިފި އެވެ.

216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާ އެކު މިއަހަރުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ.

މިއަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓަމުގެ ދެވަނަ ކުއާޓާ ކިޔަވައިދޭން ސްކޫލުތައް ދެން ހުޅުވާނީ ޖެނުއަރީ ހަތެއްގަ އެވެ.

ދަރިވަރުންނަށް ލިބޭ 17 ދުވަހުގެ ޗުއްޓީއަކަށް ފަހު އަންނަ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށަން ނިންމާފައި ވަނީ ގައުމީ ސަލާމުންނެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ނިންމެވުމެކެވެ.

ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރުމަށް ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. މިކަމާއި ބެހޭގޮތުން އެތަށް ބަޔެއްގެ ހިޔާލު ތަފާތުވުން އެބަހުއްޓެވެ. ގިނަ ބެލެނިވެރިންގެ ޝަކުވާ އަކީ ކުދިންގެ އުމުރުން ބައެއް ގެލުމުގެ ޝަކުވާއެވެ. އަދި ބައެއް ބެލެނިވެރިންގެ ޝަކުވާ އަކީ ކުދިންނަށް އަވަސް އަރުވާލައިގެން ކުދިންނަށް ލިބެން ޖެހޭ ފުރިހަމަ ތައުލީމް ނުލިބިދާނެތީ ކުރެވޭ ޝަކުވާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-