އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރެވެ
މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްގީ ކުރުމުން، މިނިސްޓްރީގެ މަސައްކަތްތައް އަވަސްވެ، ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ ސައީދާ ވިދާޅުވީ މިނިސްޓްރީއާއެކު މި ސޮއިކުރެވުނު އެމްއޯޔޫގެ މަގްސަދަކީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމެވެ.