-Advertisement-

-Advertisement-

ދެވަނަ ޑިވިޝަން މިމަހުގެ 26ގައި!

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ގެ ފަރިތަކުރުންތަކުގެ ތެރެއިން. ފޮޓޯ: އަދަދު

މަސްއޮޑި ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިމަހުގެ26 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ މަހު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އެކަމަކު އެކި ސަބަބުތަކާހުރެ މުބާރާތް ދިގުލައިގެންގޮސް އެންމެ ފަހުން މުބާރާތް މިމަހުގެ26ގައި ފަށަން ނިންމައި މުބާރާތުގެ ގުރުއަތުލުން ވަނީ ބައްވާފަ އެވެ. 15 ޓީމް ބަހާލާފައިވަނީ ތިން ގްރޫޕަކަށެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ދެވަނަ ހޯދި ޓީނޭޖް ލައްވާލީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއިއެކު ގްރޫޕް ބީގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބީސީ ސްޕޯޓްސް ކުލަބާއި، ދަ ގްރާންޑޭގެ އިތުރުން ޓެންޓް ސްޕޯޓްސް ކުލަބެވެ.

މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވި އެއް ކުލަބުކަމަށްވާ ވިކްޓްރީ އޮތީ ގްރޫޕް ސީގަ އެވެ. ވިކްޓްރީ އާއެކު މި ގްރޫޕްގައި ދެން ހިމެނެނީ ކުލަބު ޕީކޭ އާއި ލޮރެންޒޯ ސްޕޯޓްސް ކުލަބު، ބިސް ބުރު ސްޕޯޓްސް ކުލަބު އަދި ލެގޫންސް އެވެ. ގްރޫޕް އޭގައި ހިމެނެނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި މަހިބަދޫގެ އިތުރުން ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިތުރުން ކުޑަ ހެންވޭރު ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކުލަބެވެ. މި މުބާރާތް ރޭވިފައި އޮތް ގޮތުން ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ހަވީރު އެވެ. ދަނޑުގެ ލައިޓްތަކުގެ މައްސަލަތައް ހައްލުނުކުރެވޭތީ އެއްވެސް މެޗެއް ހަވީރު ނުކުޅޭނެ އެވެ. މިހާރު އޮތް ގޮތުން މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ފެބްރުއަރީ މަހުގަ އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ މިއަހަރު އެންމެ ދުރާލާ ޓީމްތަކުން ތައްޔާރުވި އެއް މުބާރާތެވެ. ފުރަތަމަ ޑިވިޝަންގެ ޓީމްތަކުން މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުނުވާ ފެންވަރަށް ބައެއް ޓީމްތަކުން ދެވަނަ ޑިވިޝަނަށް ތައްޔާރުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-