-Advertisement-

-Advertisement-

‎އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނީ

ފޮޓޯ؛ ނާއިޝްގެ ފޭސްބުކް އައިޑީ

އައްޑޫގައި މޫދަށް ފޭބި ކުއްޖަކި ގެއްލިގެން ހޯދަން ރޭ ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ ކުއްޖަކު ގެއްލިފައިވާ ކަމުގެ ރިޕޯޓުލިބުނީ ރޭ 22:45 ހާއިރު އެވެ.

އެ ހާދިސާގައި ގެއްލުނީ ސ. މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނާއިޝް އެވެ. އޭނާ ގެއްލުނު އިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.

ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދު އެމްއެންޑީއެފް އަދި އާންމުންގެ އެހީތެރިކަމާ އެކު ހޯދަމުން އަންނަ ކަމަށާއި މިހާތަނަށް އޭނާގެ ހަބަރެއްނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ވެސް އޭނާ ފެނިފައި ނުވާތީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުން ވެސް އެ ކުއްޖާ ފެނޭތޯ ބަލައިދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-